ރައީސް ޞާލިޙް ކީރިތި ކުރައްވަނީ ވައުދުތައް ނުފުއްދެވޭތީ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮންމެރެޔަކު ނިދިކުރައްވާއިރު ކީރިތި ކުރައްވަނީ ވައުދުތައް ނުފުއްދެވޭތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، ރައީސް ޞާލިޙް ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ރައީސް ޞާލިޙް ކޮންމެރެޔަކު ނިދިކުރައްވަނީ ހިތާމައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

"މިއަށް ވުރެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިވެފައެއް ނެތް. އަޅުގަނޑުގެ ޒަމާންވީ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމައިގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝީޔާމް ވިދާޅުވީ، ރައީސް ޞާލިޙް ކޮންމެ ރެޔަކު ނިދިކުރައްވަނީ ފާއިތުވެ ދިޔަ ދެ އަހަރު ކާމިޔާބު ކަމުން ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުތައް ނުފުއްދެވޭތީ އެކަމާ ހިތާމަކުރައްވާ ކީރިތިކުރައްވަނީ ކަމަށް. ރައީސް ޞާލިޙް ކީރިތި ކުރައްވަން ވީ މަރުތަކަށް އިންސާފު ހޯދައިނުދެވޭތީ. ރައީސް ޞާލިޙް ކީރިތި ކުރައްވަންވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންސާފުވެރި ޝަރީއަތެއް ނުހުންގެވޭތީ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ވައްކަން ކުރި މީހުން ގޭގަ ތިބެން ޖެހުނީތީ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ކީރިތި ކުރައްވަންވީ ކަނބަލުންނަށް ލިބޭ ޖިންސީ ގޯނާއަށް އިންސާފު ބުލިބޭތީއާއި ކަންބަލުންނަށް ކުރެވޭ ޖިންސީ ގޯނާ ރޯޔަލް ސްޓޭޓަސްގައި ނުބެލި ދާތި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙް ކީރިތި ކުރައްވަންވީ މިއަދު ދިވެހި އާއިލާތައް ބިކަވެ ނިކަމެތިވެފައި ވާތީ ކަމަށާއު ރައީސް ކީރިތި ކުރައްވަންވީ މިއަދު އިސްލާމްދީނަށް ގޮންޖަހާ މީހުން މިނިވަންކަމާއެކީގައި މިގައުމުގައި ހެލިފެލިވެ އުޅޭތީ ކަމަށާއި ރައީސް ކީރިތި ކުރައްވަންވީ މިގައުމުގެ މިނިވަންކަން ގެއްލޭތީ ކަމަށް ޝީޔާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ