މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ، ފިޠުރު ޢީދު ނަމާދު ވަގުތު ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފިއެވެ.
މޫސުމާބެގޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.
އެ ސަރަހައްދަށް ނެރެފައިވާ ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، ހެނދުނު 06:30 އިން 09:30 އާ ދެމެދުގެ ވަގުތުގައި، ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 23-29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ވައިޓް އެލާޓްގައި ވިދާޅުވެފައިވެއެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) June 4, 2019
Information:
Heavy rain with average strong winds of 23 - 29 mph and gust of 45 mph.
Area: From Thaa Atoll to Addu City.
Period: 0645 hrs – 1145 hrs.
ISSUED:0625 hrs 04 June 2019.
-MetService- pic.twitter.com/YoNhQexGkB
މެޓް އޮފީހުން އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވަނީ، މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
އެ ސަރަހައްދަށް ނެރެފައިވާ ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، ހެނދުނު 06:30 އިން 09:30 އާ ދެމެދުގެ ވަގުތުގައި، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) June 4, 2019
Advisory:
Torrential rain and thunderstorms with gust winds of 45 mph.
Area: From Kaafu Atoll to Thaa Atoll.
Period: 0630 hrs - 0930 hrs.
ISSUED: 0610 hrs 04 June 2019.
-MetService- pic.twitter.com/uQ2s7DUOuY
ދެކުނާއި ހުޅަނގުދެކުނުް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
"ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން." މެޓް އޮފީހުން ވިދާޅުވިއެވެ.