މަނީ ހައިސްޓްގެ 'ރަކޭލް' ކީ ހިންދީ ލަވައަށް ގިނަބައެއްގެ ސަމާލުކަން!

ކާމިޔާބު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގައި ލިސްބޮންގެ ރޯލުން ފެނިގެންދާ އެކްޓްރެސް، އިތްޒިއާ އިތޫނޯ ހިންދީ ލަވައެއް ކިޔުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މަނީ ހައިސްޓުގައި އޭނާ އަދާކުރި ރޯލު ލިސްބޮންގެ ނަމުން މަޝްހޫރުވެފައިވާ މި އެކްޓްރެސް އިންޓަވިއުއެއްގައި ކިޔާފައިވާ ހިންދީ ލަވައަކީ، ބޮލީވުޑްގެ ތަރި ސަލްމާން ޙާން އާއި ސުސްމިތާ ސެން އެކުގައި ފެނިގެންދާ ލަވަ "ޗުނަރި ޗުނަރި" މިލަވައެވެ.

ލިސްބޮންގެ މި ވިޑިއޯ މީސްމީޑިއާގައި ވައިރަލްވެފައިވާއިރު، ކޭޕޮޕްގެ "ބީޓީއެސް" ބޭންޑުގެ ލަވަކިޔުންތެރިން ނަށާ ވީޑިއޯއަކަށް މި ލަވަ ލުމަށްފަހު ފޭނަކު އެޑިޓްކޮށްފައިވާ ވީޑިއޯއެއްވެސް މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

ލިސްބޮންގެ ކިޔާފައިވާ "ޗުނަރި ޗުނަރި"ގެ ވާޝަން މީސްމީޑިއާގައި ވައިރަލް ވުމާއެކު، މި ލަވައިން ފެނިގެންދިޔަ އެކްޓްރެސް ސުސްމީތާ ވަނީ މި ވީޑިއޯ ޓްވީޓުވެސް ކޮށްފައެވެ.

ލިސްބޮން ހާމަކޮށްފައިވާ ގޮތުގައި، އޭނާ އަކީ ބޮލީވުޑްގެ ލަވަތައް އަޑުއަހާ އަދި ބޮލީވުޑްގެ ނެށުންތައް ވަރަށް ބޮޑަށް ކަމުދާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ