"މަނީ ހައިސްޓް" ފަހު ސީޒަންގެ ޝޫޓިން ފަށައިފި!

ނެޓްފިލްކްސް އިން ދައްކަމުން އަންނަ ކާމިޔާބު ސްޕެނިޝް ސީރީޒް “މަނީ ހައިސްޓް”ގެ ސީޒަން 5ގެ ޝޫޓިން ފަށައިފިއެވެ.

ޝޫޓިން ކުރިއަށްދާގޮތް މަނީ ހައިސްޓުގް ތަރިން އަންނަނީ އެމީހުންގެ މީސްމީޑިއާ އަކައުންޓުތަކުގައި ހިއްސާކުރަމުންނެވެ.

އެގޮތުން މި ހަފްތާގައި މި ސީރީޒްގެ ލީޑު އެކްޓަރ، އަދި އެންމެންގެ ފޭވަރިޓް "ޕްރޮފެސަރ"ގެ ރޯލު ކުޅެމުން އަންނަ އެކްޓަރ އެލްވާރޯ މޯޓް ވަނީ ޝޫޓިންގެ ތެރެއިން ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ސީރީޒްގެ އެހެން ތަރިންވެސް ވަނީ ފިލްމްގެ ސެޓްގައި ހުރެ މަންޒަރުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މަނީ ހައިސްޓް، ސީޒަން 5 ގެ ޝޫޓިން ފަށައިފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން އެ މަސައްކަތް އެކިފަހަރު މަތިން ފަސްވަމުން އައިހެވެ.

މަނީ ހައިސްޓްގެ ޓީމުން އެންމެ ފަހު ހައިސްޓަށް ތައްޔާރުވަމުން އަންނައިރު، މިއީ ފޭނުން ކުރަމުން ދިޔަ ދިގު އިންތިޒާރީއަށް ލިބުނު ފެހި ސިގްނަލެކެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ.

މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

މަނީ ހައިސްޓް ސީޒަން 5 ގައި ހިމެނޭނީ މުޅިއަކު 10 އެޕިސޯޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ