ޕޮޕް ކޯން ހިފައިގެން "މަނީ ހައިސް"ގެ ފަހު ސީޒަން ބަލަން ޖައްސާލާ!

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ނެޓްފްލިކްސްގެ މަޝްހޫރު ސްޕެނިޝް ސީރީޒް "ލަކާސާ ދީ ޕަޕޭލް" ނުވަތަ "މަނީ ހައިސްޓް" ސީޒަން 5 ވޮލިއުމް 01 ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފިއެވެ.

ދިވެހިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސީރީޒް، މަނީ ހައިސްޓްގެ ފަސްވަނަ ސީޒަނަކީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. މިއަދު ނެޓްފްލިކްސް އަށް އައިސްފައި މިވަނީ "މަނީ ހައިސްޓް" ސީޒަން 5 ވޮލިއުމް 01  ފަސް އެޕިސޯޑެވެ.

މަނީ ހައިސްޓް ސީޒަން 5 ގެ ވޮލިއުމް 02 ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުން ފެށިގެންނެވެ. ވޮލިއުމް 02 ގައިވެސް ހިމެނޭނީ ޖުމްލަ 5 އެޕިސޯޑެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް އާއްމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ ނެޓްފްލިކްސް އަށް ސީރީޒް އައުމާއެކުއެވެ. އަދި މިއީ މިހާތަނަށް ނެޓްފްލްކްސްގައި ދެއްކި އެންމެ ކާމިޔާބު އެއް ސްޕެނިޝް ސީރީޒްއެވެ.

މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ