މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާކަމަށެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA އިން ޑައުންލޯޑް ކުރެވޭނެކަމަށްވެސް މިއިޢުލާނުގައި ވެއެވެ.

އިތުރަށް އިޢުލާނުގައިވަނީ، ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، ނޮވެމްބަރު 19، 22، ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އިންކަމަށެވެ.

މި އިންތިހާބުގައި މީޑިއާ ތަކުން ވާދަކުރާ ކެންޑިޑޭޓުން

  • އަލީ ހުސައިން، ޕީއެސްއެމް
  • މުއިއްޒު އިބްރާހިމް، މިހާރު
  • އާދަމް ނަވާޒް، ވަގުތު އޮންލައިން
  • ހަސަން ޝާކިރު މުހައްމަދު، މޯލްޑިވްސް ފިޝާމެން އެސޯސިއޭޝަން
  • އާދަމް ނަޒީރު، 27 އޮންލައިން
  • އައިޝަތު ހަމްޒާ، އައުޓްރީޗް.އެމްވީ
  • ޝަހުބާން ފަހުމީ، ސަންގު
  • މުހައްމަދު ސިމާއު، ވަން އޮންލައިން
  • ސައިފް އަޒްހަރު، ވީޓީވީ
  • ފަތިމަތު ސައިދު، ސަން މީޑީއާ ގްރޫޕް
  • ފާތިމަތު ސާޔާ އަހުމަދު، ސީއެންއެމް
  • މަރްޔަމް ނިމާ ހަސަން، ދި ޕްރެސް
  • ތަހާރަތު މުހައްމަދު ސައީދު، ހަމަ ނިއުސް
  • ހުސައިން ސަގީފް، ތިލަދުން

މި އިންތިހާބުގައި އާއްމު މެންބަރުކަމުގެ މާގާމަށް ވާދަކުރާ ކެންޑިޑޭޓުން

  • މުޙައްމަދު ޝާފިޢު، ޝަރުޠު، ބ .ތުޅާދޫ
  • އަންވަރު އިބްރާހީމް، މަންޒިލް، ބ. ތުޅާދޫ
  • އިބްރާހީމް ފައުޒީ، ބާޑްވިލާ، ބ. ތުޅާދޫ
  • އަޙްމަދު ރިފާޢު، ޝަރުޠު، ބ. ތުޅާދޫ
  • ޝަފާޢަތު ޙަބީބު، ފޭދޫ، ގދ. ހޯނޑެއްދޫ
  • މުޙައްމަދު ޝަފާޢު ޙަސަން، މ. ރިވެލިގެ، މާލެ
  • އަޙުމަދު ވަޙީދު ޢަލީ، ވެހި، ހއ. ކެލާ
  • އަޙްމަދު މުޙައްމަދު ، ދަފްތަރު ނަންބަރު 6150
  • ޢުމަރު މޫސާ ފިކުރީ، ފ. ނިލަންދޫ، މާލެ
  • ސަޢުދޫން އަބޫބަކުރު ގ. ދިލްފިޒާގެ، މާލެ
  • ޢަބްދުލް ވަލިއްޔު ޢަލީ، ބިންގާ، އދ. މާމިގިލި
  • ފާތިމަތު އަޙްމަދު، ޝަހީމީ މަންޒިލް، ގއ. ވިލިނގިލި
  • އަޙްމަދު މޫސާ، ހ. އަމްސާވިލާ، މާލެ
  • ޢަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ. ކުޑަހުވަދޫ

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، ޑިސެމްބަރު 5، 2020 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓުލެވެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުން މައްޗަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ