އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް- ފޮޓޯ:މުހައްމަދު ޝަރުހާން

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އަކްރަމް ނައިބު ރައީސްކަމުން ވަކިކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އަކްރަމް މަގާމުން ވަކިކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީންނެވެ. އެކޮމިޓީއަށް އަކްރަމްއާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމް ހާޒިރުކޮށް މިއަދުވަނީ ސުވާލުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ