ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިނގި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިނގި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ނޯރތް ސެންޓުރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކުޑަ ކުއްޖެއްގެ ހާޒިރުގައި އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަމަހު 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
251
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ