ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އަކްރަމަކީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފާނެ މީހެއް ނޫން - ޝަރީފް

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރުކަމުން މިއަދު އިސްތިއުފާދެއްވި، އެ ކޮމިޝަންގެ ނައިބް ރައީސް އަކީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފާނެ މީހެއް ނޫންކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަކްރަމީ އީސީއަށް ގެއްލިގެން ދިޔަ ހުނަރުވެރި ގާބިލް ހިންގުންތެރިއެއް ކަމަށެވެ.

"އޭނައަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާކޮށް،ގޯނާ ކޮށްފާނެ މީހެއް ނޫން. ހިތްވަރުގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑިގުޑަން އަންނާނެ". އަކްރަމްގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަކްރަމް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެގޮތުން އަކްރަމްގެ އިސްތިއުފާގެ ސިޓީ ޓްވީޓް ކުރައްވާފައިވާއިރު، އެސިޓީގައި ބުނެފައިވަނީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ އިތުބާރެއްނެތި މެންބަރުކަމުގައި ދެމިހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ކަންޑައެޅިގެން ހަޤީގަތާއި ޚިލާފް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި އެކަން ހިނގާފައިވާގޮތުގެ ތަފްސީލީ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ