ވޯޓު ލާ މަރުކަޒަށް ވޯޓު ލާން އަންނަ މީހާގެ ނަން ވޯޓަރސް ރަޖިސްޓްރީގައި ނަން އޮވެއްޖެނަމަ އެމީހަކަށް ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝާރީފު ވިދާޅުވީ، އެމީހަކު ވޯޓުލާން މަރުކަޒަށް އައީ ކިހިނެތްތޯ، ހުއްދަ ހޯދީ ކޮންތާކުންތޯ އިލެކްޝަންސް ކޮމިޝަނުން ނާހާނެކަމަށާއި، ނަމަވެސް ވޯޓަރސް ރަޖިސްޓްރީގައި ނަން އޮވެއްޖެނަމަ އެމީހަކަށް ވޯޓު ލެވޭނެކަމަށެވެ.
އެހެންނަމަވެސް ރައްކާތެރިކަމާއެކު ވޮޓު ލުމަށް ޝަރީފުވަނީ އެދިވަޑައިގެންފައެވެ.
" ވޯޓު ލާ މަރުކަޒަށް ވޯޓު ލާން އަންނަ މީހާގެ ނަން ވޯޓަރސް ރަޖިސްޓްރީގައި ނަން އޮވެއްޖެނަމަ އޭނާއަށް ވޯޓު ލެވޭނެ." ޝަރީފް ވިދާޅުވިއެވެ.
Vote laa markazah vote laan anna meehaa ge nan voter registry ovehje nama eyna ah vote leveyne, kihinehtho, konthaakuntho aee huhdha hoadhaigen tho EC akun nubalaane, rakaatherikamaa eku vote lahvaa
— Ahmed Shareef (@ShareefRangondi) April 6, 2021
ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މޮނިޓަރިންގައި އޮތް ރަށްތަކަށް ވެސް ވޯޓު ލާން ދެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ވަނީ ބުނެފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށުން ވޯޓުލުމަށް ދިިއުމުގެ ހުއްދަ ދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާކަމަށާއި، އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށްވެސް ރަށު ޓާސްކް ފޯސް އާއި ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެކަމަށެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، 15 ރަށެއް މިވަގުތު މޮނިޓަރިންގގައި އޮތްއިރު، އެރަށްތަކަކީ ދ.ކުޑަހުވަދޫ، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ހުޅުދުއްފާރު، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.އަލިފުށި، ޅ.އޮޅުވެލިފުށި، ރ.މާކުރަތު، ޅ.ކުރެންދޫ އދ.މާމިނގިލި، އދ.މަހިބަދޫ އަދި ތ.ވިލުފުއްޓެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިހިނގާ އެޕްރީލް 10 ވަނަ ދުވަހެވެ.