ފިޠުރު އީދާ ގުޅިގެން މިއަދު ހަވީރު ދުއްވުން މަނާކޮށްފައި އޮތް ގަޑިތަކުގައި އުޅަނދުފަހަރު ދުއްވި މީހުން ޖޫރިމަނާ ކޮށްގެން 72750 (ހަތްދިހަ ދެހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ ހޯދައިފިއެވެ.
މާލެ ސިޓީގައި އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީން އިން ނިންމާ އެވަގުތަކުތަކުގައި ވެހިކަލް ދުއްވާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަން އޮތީ ނިންމާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ، މިއަދު ހަވީރު ޓްރެފިކް ފުލުހުން ހިންގި އޮޕަރޭޝަންގައި މޭލޭގައި ސިޓީގައި ދުއްވި 461 އުޅަނދު ބަލައި ފާސް ކުރި ކަމަށެވެ. އޭގެ ތެރެއިން 364 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، 364 މީހުންގެ ތެރެއިން ފިޔަވަޅު އެޅީ 97 މީހުންނަށް ކަމަށެވެ. އެ އަދަދަށް މީހުން ޖޫރިމަނާ ކޮށްފިނަމަ ދައުލަތަށް 72750ރ ލިބޭނެއެވެ.
ޓްރެފިކް އޮޕަރޭޝަންތަކުގައި 32 މީހަކަށް ނަސޭހަތް ދީ، 49 މީހަކު ޖޫރިމަނާ ކުރިއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ހަތް މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުން 332 މީހަކަށް ނަސޭހަތް ދީ 34 މީހަކު ޖޫރިމަނާ ކުރިއިރު، އެންވަޔަރުމެންޓް ޕޮލިސް އިން ވެސް ހަތް މީހަކު ޖޫރިމަނާ ކުރިއެވެ.
މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމުން ގިނަ ބަޔަކު އެ ނިންމުމަށް ތަރުހީބު ދިންކަން ފާހަގަކޮށްލެވެއެވެ.