ހުރިހާ ގަޑިއެއްގައި މުދާ ބަރުކޮށްގެން މާލެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފިއެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި ހެނދުނު 11:30 އިން މެންދުރު 13:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން އޮތީ މަނާކޮށްފައެވެ.
އޭރުގެ ނިންމުން ބަދަލުކޮށް ހުރިހާ ގަޑިއެއްގައި އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދީފައިވަނީ މިއަދުއެވެ.
"25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020 އަށް (2019 ވަނަ އަހަރުގެ ސްކޫލް ބަންދުގައި) ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް މިއޮތޯރިޓީން ނިންމާފައިވާ ވާހަކަ އާއްމުކޮށް އަންގާ އިޢުލާނުކުރިން." ޓްރާޏްސްޕޯޓް އޮތީރިޓީގެ އިއުލާނުގައި ބުނެފައިވެއެވެ.
މާލޭގެ ބާރުބޮޑު ޓްރެފިކަށް ލުޔެއް ހޯދުމުގެ ގޮތުން މުދާ އުފުލާ ގަޑިތަކަށް ބޮޑު ބަދަލެއް އެންމެ ފުރަތަމަ ގެނައީ 2018 ވަނަ އަހަރުގެ ކުރީކޮޅެވެ.




