އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް | ފޮޓޯ: ރައީސް އޮފީސް

އުންމީދުކުރީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެސްއެމްއީ ލޯނެއް އޮތުން: ފައްޔާޒު

ސަރުކާރަށް ދެ އަހަރު ފުރުނުއިރު އުންމީދު ކުރީ ރާއްޖެގެ ކޮންމެ ރަށެއްގައިވެސް އެސްއެމްއީ ލޯނެއް އޮތުން ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ގެނެސްދިން ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެސްއެމްއީ ބޭންއަކީ މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވޭ ކަމެއްކަމަށާއި، މިހާހިސާބަށް އައިއިރު 690 މިލިއަން ރުފިޔާގެ ލޯނު އެބޭންކް އިން ދެވިއްޖެކަމަށެވެ.

އޭގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ދަށުން ދޫކުރި 300 މިލިއަން ރުފިޔާގެ ލޯނު އިކޮނޮމިކް މިނިސްޓްރީން ތަންފީޒު ކުރަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް މިއީ އެ އެސްއެމްއީ ބެންކްގެ ލޯނެއް ނޫންކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މި މަސައްކަތުން ވަރަށް ބޮޑު ޕަސެންޓޭޖެން ޓާގެޓް ކުރިގޮތަށް އަންހެން ބޭފުޅުންނަށް ދެވިއްޖެކަމަށާއި ނަމަވެސް އަދިވެސް އެބޭފުޅުން ބެނުންވާ ޕަސެންޓޭޖެއް ނާންނަކަމަށެވެ. އަދި ޒުވާނުންނަށްވެސް ވަރަށް ބޮޑު ޕަސަންޓޭޖެއް ދެވިއްޖެކަމުގައި ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރީ ދިވެހިރަޢްޖޭގެ މީހުން ދިއިރުޅޭ ކޮންމެ ރަށެއްގަވެސް އެސްއެމްއީ ލޯނެއް އޮތުން" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިއަދާއި ހިސާބަށް އައިރު 164 ރަށެއްގައި ލޯނުނަގައިގެން ކުދި ވިޔަފާރިތައް މަސައްކަތް ކުރަމުން އަންނަކަމަށާއި ނަމަވެސް ކޮވިޑްއާއި ހެދި އޭގެ އެންމެ އެދެވޭ ކާމިޔާބީ ނުފެންނަކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އެގްރިކަލްޗަރ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު ފޯކަސްއެއް ދެވިފައިވާނެކަމަށާއި އެގޮތުން މިދެދާއިރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން އޭގެ ވިޔަފާރީގެ އިންޑަސްޓްރިއެއް އުފެއްދުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ