އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢިލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފައްޔާޒު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެ އެބޭފުޅާ ވަނީ ޓްވިޓް ކުރައްވާފައެވެ.

އެގޮތުން ފައްޔާޒު ވަނީ ކޮވިޑް ޖެހުމުން އެބޭފުޅާގެ އިޙްސާސްތައް ޙިއްސާ ކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ ކޮވިޑް-19 ޖެހުމަކީ އެއްގޮތަކަށް ވެސް އާދައިގެ ރޯގާއެއް ޖެހުން ފަދަ ކަމެއް ނޫން ކަމަށެވެ. އަދި އެބޭފުޅާގެ ހާލުކޮޅު ކުރިޔަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މި ބަލި ސަރުކާރުގެ އިސް ވެރިންނަށާއި ވަޒީރުންނަށާއި މަޖިލިސް މެންބަރުންގެ އިތުރުން ދަޢުލަތުގެ އިސް މަޤާމްތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކަށްވެސް ވަނީ ޖެހިފައެވެ.

ރާއްޖޭގައި މި ބަލި ވަރަށް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ބަލި ކޮންޓްރޯލް ކުރެއްވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅު ތަކެއްވެސް އަޅާފައެވެ.

ނަމަވެސް ސަރުކާރުން ބައެއް އުޞޫލުތައް ކަނޑައަޅާފައި ހުންނަ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަންނަނީ އަމާޒުވަމުންނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 187 މީހަކު ނިޔާވެފައިވާއިރު، ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދުވަސް މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިބައްޔަށް މިހާރުވެސް 19،670 މީހަކު ފަރުވާ ހޯދަމުން އަންނައިރު، ހޮސްޕިޓަލުގައިވެސް 166 މީހަކު އަންނަނީ އެޑްމިޓްކޮށް ފަރުވާ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ