ބ. ކަމަދޫއިން އެރަށު ގެސްޓުހައުސްތަކަށް ޒިޔާރަތްކުރި ގެސްޓުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކަމަދޫއަކީ ގެސްޓްހައުސް ވިޔަފާރި ތަރައްޤީވަމުން ފުޅާވަމުން އަންނަ ރަށެކެވެ. މިހާރުވެސް ގާތްގަނޑަކަށް 9 ވަރަށް ގެސްޓްހައުސް އެރަށުގައި ހުންނަކަމަށް ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ފަރާތެއް މިނޫހަށް މަޢުލޫމާތުދެމުން ބުންޏެވެ.
ގެސްޓުން ކަމަދޫއަށް ޒިޔާރަތްކޮށްފައިވަނީ މިއަދުގެ 02:00 ހާއިރުއެވެ. އެފަރާތްތަކަށް މަރުޙަބާ ކިޔުމަށް އެރަށުގެ ކައުންސިލާއި މިދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުން ކުލަ ގަދަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ބޮޑު ބެރާއި ދަނޑީގެ އިތުރުންވެސް މާފަތިނެށުމާއި ޘަޤާފީ ތަފާތު ޙަރަކާތްތަކާއެކު ކުރިއަށްދިޔަ މިިއިވެންޓު އެރަށަށް މިއަދު ޒިޔާރަތްކުރި ފަތުރުވެރިންނަށްވަނީ ވަރަށް ކަމުގޮސްފައެވެ.
ކައުންސިލުން މަޢުލޫމާތުދިން ގޮތުގައި އެރަށަކީ ވަރަށް ގިނައިން ގެސްޓުން ޒިޔާރަތްކުރާ ރަށެކެވެ. އެރަށުގައި ތިން ގެސްޓްހައުސްއެއް އޮޕަރޭޓް ކުރަމުންދިޔައިރުވެސް 70 އާއި 100 ދެމެދުގެ އަދަދަކަށް އަބަދުވެސް އެރަށުގައި ގެސްޓުން ޚިދުމަށް ހޯދަމުން އަންނަކަމަށްވެސް ކައުންސިލުން ބުންޏެވެ. އަދި ކޮވިޑް-19 ގެ ނުރައްކާތެރި މިޙާލަތުގައި އެރަށަށް ގެސްޓުން ޒިޔާރަތްކުރާއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ކައުންސިލުން އެދެއެވެ.
ކޮވިޑް-19 އަށް ބަންދުކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަކުން ހުޅުވާލިފަހުން މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 94 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1986 އެކެވެ.
https://mobile.facebook.com/story.php?story_fbid=10157904385017099&id=569842098&_rdc=1&_rdr