ކައުންސިލްގެ ލިޔުމަކާނުލައި ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދެނީ!

މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރިކަމަށް ރަށް ހުޅުވާލުމާއިމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ނިންމައި އާންމު ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް މިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް، ބަދަލު ގެނައީ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.

އަދި ޓޫރިމިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް ބަދަލުގެނެވުނު ކަމުގައިވީނަމަވެސް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން މިފަދަ ތަންތަނުގައި އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި އާންމުކުރައްވާފައިވާ ގައިޑްލައިން "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ރިޑިއުސް ދި ރިސްކް އޮފް ޓްރާންސްމިޝަން އޮފް ކޮވިޑް-19 އިން ދި ޓޫރިޒަމް ސެކްޓަރ" ގައި ބަޔާންކުރައްވާފައިވާ ފަދައިން ރަށެއް ހުޅުވާލުމުގެކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން ކައުންސިލްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާއިއެކު ޓޫމިނިސްޓްރީއިން ބަލަމުން ގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބަޔާންކޮށް ޓޫމިނިސްޓްރީއަށް ހުށައަޅަމަށް އާ ފޯމެއް ކައުންސިލްތަކަށް ފޮނުވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ