އއ. އުކުޅަސް

އުކުޅަހުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުކުޅަހު ކައުންސިލުގެ ރައީސް ފެށުމަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ރަޝިޔާގެ އަންހެން ފަތުރުވެރިއެއްކަމަށެވެ. އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދާން ޕީސީއާރު ޓެސްޓު ހެދުމުން ކަމަށް ވިދާޅުވިއެވެ.

މި ފަތުރުވެރިއަކީ މީގެ ކުޑަދުވަސްކޮޅެއް ކުރިން އުކުޅަހަށް ޒިޔާރަތްކުރި މި ފަތުރުވެރިއާ އެނބުރި ގައުމަށް ދިއުމަށް ޕީސީއާރު ޓެސްޓު ހަދާފައިވަނީ އިއްޔެ ކަމަށް އުކުޅަހު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި ފަތުރުވެރިއާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށް ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވިއެވެ. އަދި މިހާރު ކުރެވެމުންދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، މި މަހުގެ 19 ގެ ނިޔަލަށް 59،105 ފަތުރުވެރިނަް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މީގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ  0.25 އިންސައްތަ ފަތުރުވެރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ