މިއަހަރުތެރޭގައި އަލަށް ދެން ހުޅުވިގެން ދާނީ ދެ ރިސޯޓުކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ، މިއަހަރު 12 ރިސޯޓު ހުޅުވުމަށް އަމާޒްކޮށްފައި އޮތްކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ތަރައްޤީކުރުން ހުއްޓުމަކަށް އައިކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރިސޯޓު ކޮންސްޓްރަކްޝަން ހުއްޓުމަކަށް އަންނާނެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުން، އަޅުގަނޑުމެން މިހާރު މިބަލަނީ މިއަހަރު ހުޅުވޭނީ 4 ރިސޯޓުކަމަށް، މިހާރު 2 ރިސޯޓު ހުޅުވިއްޖެ، އަދި އަހަރުގެ ކުރިއަށް އޮތްތާގައި 2 ރިސޯޓު ހުޅުވޭނެ،" ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެމުން މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.
ނަމަވެސް އަންނަ އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އަހަރެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.




