މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތްލައްކައިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 705،024 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ މަހުގެ މި މުއްދަތާއި އަޅާބަލާއިރު، މިއީ ވަރަށް ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 389،187 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުން, އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އޯގަސްޓްމަސް ތެރޭގައި އުޅެނީ 4،000 އިން މަތީގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. އޭގެ އިތުރުން، މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނު ވިލާތުންނެވެ.
ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނު ވިލާތުންނެވެ. އެއީ 5.7 އިންސައްތައެވެ.
ކޮވިޑް-19 އަށް އަޅައިފައިވާ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލިއިރު، މި ސިނާއަތުގެ ކުރިއެރުން ދުވަހެއް ދުަވަހަކަށް އަންނަނީ އިތުރުވަމުންނެވެ.



