ކުށެއްކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާކުރުން ގޯސް: މަޙްލޫފް

ކުށެއްކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާކުރުން ކަނޑައެޅިގެން ގޯސްކަމުގައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައި މިވަނީ ދޯންޏަކަށް އެރި މީހަކު ބޮކްސާކޮޅަށް ހަދާލައި ބަނދެ ވަރަށް ރަޙުމްކުޑަކޮށް ތަޅާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަޢުރުވަމުން ދަނިކޮށެވެ.

މި ވީޑިއޯގައި ފެންނަ ގޮތުން އެމީހާ ވަނީ ބޮކްސާ ކޮޅަށް ހަދާލައި އަތާއި ފައި ބަނދެފައެވެ. އެ ދޯނީގެ ތައްޓުމަތީގައި އެމީހާ އޮތް އިރު އެމީހާ ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި މަންޒަރު ފެނެއެވެ. އަދި އެމީހުން އޭނާގައިގައި ފައިންނާއި ލަޓިބުރި ފަދަ އެއްޗެހި ބޭނުން ކޮށްގެ ތަޅާ އަނިޔާ ކުރާ މަންޒަރުފެނެއެވެ.

އެމީހުން ދިޔައީ އެމީހާއާއި ދިމާއަށް ވަރަށް ބާރަށް ހަޅޭއްވެސް ލަވަމުންނެވެ. އެގޮތުން އެ ދޯނިން ނެގި ލާރި ކޮބާތޯއާއި ފޯނު ކޮބާތޯ އެމީހާއައި ސުވާލު ކުރާ އަޑު ވީޑިއޯއިން އިވެއެވެ.

މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްލަކޮށް ކޮންމެ ދިވެހި އާއިލާއެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދަރިން އެބަތިބި ކަމަށާއި މިއީ ގިނަ ފަހަރު އާއިލާއަށްވެސް އަދި މުޖުތަމަޢަށްވެސް އުނދަގޫ މައްސަލައެއްކަމަށެވެ.

މަހްލޫފް ވިދާޅުވެފައި ވަނީ ނަމަވެސް އެމީހުން ކުށެއްކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާކުރުން ކަނޑައެޅިގެން ގޯސްކަމަށެވެ.

މީގެ ކުރިންވެސް މަސްދޯނި ފަހަރުން ވައްކަން ކުރަން އަރާ މީހުންނަށް ބޮޑެތި އަނިޔާކޮށްފައި އެބަހުއްޓެވެ.

މިމައްސަލައައި ގުޅިގެން ފުލުހުން ވިދާޅުވީ މިހާދިސާއަކީ މި ނޮވެންބަރު 19 ވަނަ ދުވަހުގެރޭ 19:25 އެހާކަންހާއިރު ހުޅުމާލެ ކަންނެލި ޖެޓީގައި އޮތް ދޯންޏެއްގައި ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. އަދި އޭނާއަށް އަނިޔާކުރި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމުގައި ފުލުހުން ވަނީ މި ނޫހަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
231145
ގުޅުންހުރި ލިޔުންތައް

5 Responses

  1. alibeyhaa ge dhoanin

    aharumenge gein nuvatha dhoanin vakkan kiranikon fenijjeyaa thiyah vure bodu varu kollaanan. varah saafu

  2. dhonbe

    hakuru gannaane bayaku nuvanyaa vikka meehunnah faidhaa eh nuvaane

  3. ކެންދޫ

    ދޯނި އަންދާލާ

  4. Riley

    ރަށްއިތުން އަންނަ ރުޅީގަ ތިފަދަ ކަންކަން ކުރަނި ވައްކަން ކުރާމީހާއަށް ހައްގު އަދަބު ނުދެވޭތީ. ހަށްޔަރު ކޮށްފަ ކޮށްލާނެ 24 ގަޑިއިރު ތެރޭ ޖެހިގެން އަންނަ ދުވަހު އެއްކަލަ މީހާ ދެވަނަ ފަހަރަށް ކުށަށް އެބަ އަރާގަނޭ. މީ މިރާއްޖޭގަ ވަރަށް އާއްމު ކަމަކަށް ވެއްޖެކަމެއް.

  5. Athif

    Aniyaa nukoh polihah gulhiyas anedguvahu dhookolaane jehigen anadhuvahu anekaa ehen thaakun vahkkah kuraane

    2
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ