އަންހެން ކުއްޖެއް ރޭޕްކޮށް ދިރިހުއްޓާ ވަޅުލި މީހަކު މަރާލައިފި

އަންހެން ކުއްޖަކު ކިޑްނެޕްކޮށް ރޭޕްކުރުމާއި އަދި ދިރިހުއްޓާ އެކުއްޖާ ވަޅުލިކަމުގެ ކުއް ސާބިތުވެފައިވާ މީހަކު އިންޑިއަނާ ޕްރިޒަންގައި މަރާލައިފިއެވެ. އަދި މި މީހާ އަކީ މަރިޖުއާނާގެ ވިޔަފާރި ކުރާ މީހަކެވެ.

އުމުރުން 49 އަހަރުގެ އޯލަންޑޯ ކޯޑިއާ ހޯލް މަރާލާފައިވަނީ އޭނާގެ ގަޔަށް ވިހަ އިންޖެކްޝަންއެއް ޖަހައި މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކޯޓުގެ ލިޔެކިޔުންތަކުން ހާމަވާގޮތުގައި 1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އަރކަންސަސްގައި މަރިޖުއާނާގެ ވިޔަފާރިކުރުމަށްފަހު އެ ވިޔަފާރި ކުރި މީހުންނާއި އެކު ހޯލް ވަނީ ޓެކްސަސްގެ އަރލިންގްޓަން އަށް ގޮސްފައެވެ.

ކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، ހޯލް އާއި އޭނާއާއި އެކު އުޅޭ މީހުންގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ހީކޮށް މީހެއްގެ ގެޔަށްދިޔަ ކަމަށެވެ. އަދި އެމީހާގެ 16 އަހަރުގެ އަންހެން ދައްތަ ކަމަށްވާ ލިސާ ރެނޭ އެމީހުން އެގެޔަށް ނުވެއްދުމުން، އެ އަންހެން ކުއްޖާ ކިޑްނެޕް ކޮށްފައިވާ ކަމަށް ބުންޏެވެ.

ލިސާ ރެނޭ އަކީ ކޮލެޖްގައި ކިޔަވަމުންދާ އަދި ޑޮކްޓަރެއް ވެސް މެއެވެ. ކިޑްނެޕް ކުރުމަށްފަހު ކާރެއްގެ ތެރޭގައި ހޯލް، އެ ކުއްޖާ ރޭޕް ކުރުމަށްފަހު އަރކަންސަސްގެ ހޮޓެލް އަކަށް ގެންދިޔަ ކަމަށް ކޯޓުގެ ފަނޑިޔާރުން ބުންޏެވެ.

އަދި އެ ހޮޓެލްގައި ހޯލް އާއި އޭނާ އާއި އުކު އުޅޭ މީހުން އެ ކުއްޖާ އެތައް ފަހަރަކު ރޭޕް ކޮށްފައިވާ ކަމަށް ބުންޏެވެ.

ފަނޑިޔާރުން ބުނެފައިވަނީ، އޭގެ އެއް ދުވަސް ފަހުން ހޯލް އާއި އިތުރު ދެމީހުން ވެގެން އެ ކުއްޖާ ބާޑް ނެޗުރަލް ލޭކް އޭރިއާ އަށް ގެންގޮސް އެތާގައި އެ ކުއްޖާ ދިރި ހުއްޓާ ވަޅުލާފައިވާ ކަމަށެވެ.

މި ކުއްޖާ ކިޑްނެޕްކޮށް ރޭޕް ކުރުމާއި އަދި މަރާލުމުގެ ކުށުގައި ހޯލް އަށް މަރުގެ ހުކުމް އިއްވާފައިވަނީ 1995 ވަނަ އަހަރުއެވެ.

ހޯލްގެ އެންމެ ފަހު ބަސްދީގަތުމުގައި އޭނާ ވަނީ އެހެން މީހުންވެސް އިސްލާމް ދީނަށް އުޅުމަށް ބާރުއަޅާފައެވެ.

ހޯލް އާއި އެކު މިކަމުގައި ބައިވެރިވި އެހެން މީހެއް ކަމަށްވާ ބްރޫސް ވެބްސްޓަރ ވެސް ވަނީ މަރަން ހުކުމް ކޮށްފައެވެ. ނަމަވެސް އޭނާ އަކީ ބަލިމީހެއް ކަމަށް ނިންމައި އެ މީހާގެ މަރުގެ ހުކުން ފަހުން ވަނީ ބާތިލްކޮށްފައެވެ.

އަދި ހޯލްގެ ބޭބެގެ އިތުރުން މި ކަމުގައި ބައިވެރިވި 2 މީހުން، ތަހުގީގުގައި އެއްބާރުލުން ދިނުމުގެ ސަބަބުން ހުކުމް ވަނީ ލުއިކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ