ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ،  ޕޮލިސް ސައުތު ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ)އަށް މި މަހުގެ 23 ވަނަ ދުވަހު އެފަދަ މައްސަލައެއް ހުށަހަޅައިފައި ވާކަމަށެވެ.

ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ