16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ކުއްޖާއަށް ޖިންސީ ގޯނާކޮސްފައި ވަނީ ފުލުހެއް ކަމަށް ތުހުމަތުކޮށްފިއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން މިއަދު ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަދި ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނި ފުލުހެކެވެ. އަދި އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން އެ ފުލުސް މީހާ ވަނީ އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައެވެ.
މިކަން ފަޅާއަރާ، ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުމާއިއެކު އެ ފުލުސް މިހާ ރޭ ވަނީ ފިލައިފައި ކަމަށް މައުލޫމާތު ލިބެއެވެ.




