ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެ 4 ދިވެހިން ފިހިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 12:34 ހާއިރު ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއް އަލިފާން ރޯވެގެން ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައި ކަމަށެވެ.
އަލިފާން ރޯވެފައިވަނީ، އެރަށު ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެކެވެ.
ދޯނީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސް ފުޅިއެއް ލީކުވެގެން ކަމަށާއި މި ހާދިސާގައި 4 ދިވެހިންނަށް އަނިޔާވެގެން ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.