ސަފާރީ މައްސަލައަކީ ސިޔާސީ ބަޔަކު ވެގެން އޮޅުވާލަން ހިންގި ކަމެއް: އިމްރާން

2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައަކީ ސިޔާސީ ބަޔަކު ދެއްކެވި ވާހަކައެއްކަމަށާއި އަދި ސިޔާސީ ބަޔަކު ވެގެން މުޅި މައްސަލަ އޮޅުވާލަން ހިންގި ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރިއިރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން އިމްރާން ވިދާޅުވީ، އިތުބާރު ނެތް މައްސަލައަކީ ސިޔާސީ މަސްރަހު ހަލަބޮލިކޮށް ސަރުކާރު ބަލިކަށި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އިމްރާން މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ފާހެއް ނުވިއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީޖަށް ހުށައެޅީ، އިދިކޮޅު ކޯލިޝަންގެ 11 މެންބަރުންގެ ސޮއިއާއެކު މިދިޔަ މަހުގެ 26 ގައެވެ. އަދި މި މައްސަލަ އިދިކޮޅުން ހުށައެޅީ، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ، އަންހެނުްނނަށް ޖިންސީ އަނިޔާ ކުރުމާއި އެ ނޫން ޒާތެއްގެ އަނިޔާއެއް ކުރުމަށް ވެސް ހިތްވަރު ނުދެއްވާނެ ކަމަށާއި، އަދި ރޭޑިއޯ ޕްރޮގްރާމްގައި އެގޮތަށް ވާހަކަފުޅު ނުދައްކަވާކަމަށެވެ. ނަމަވެސް އެކަން ދޭހަވާފަދަގޮތަކަށް ވާހަކަ ދެެއްކުނުނަމަ ކުރިންވެސް އެކަމަށް މައާފަށް އެދިފައިވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ