ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ--- ފޮޓޯ: މަޖިލިސް

2023 ނިމެންވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭނަން: އިމްރާން

2023 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޙިދުމަތް ގާއިމްކޮށް ނިންމާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާހައި މެމްބަރަކު ކުރެއްވި ސުވާލަށް ދިން ޖަވާބުގެ ތެރެއިން އިމްރާން ވިދާޅުވީ، މި މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، މިއަހަރު 14 ރަށެއްގައި ފުލުހުންގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު އިތުރު 25 ރަށެއްގައި ޚިދުމަތް ގާއިމް ކުރެވޭނެ ކަމަށާއި، 2023 ވަނަ އަހަރުގައި ބާކީ ހުރި ރަށްތަކުގައި މި ހިދުމަތް ފަށާނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭގަިއ ފުލުހުންގެ ހިދުމަތް ޤާއިމްނުކުރެވި އޮތީ 61 ރަށެއްގައެވެ. އިމްރާން ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށަން އިތުރު 800 ފުލުހުން ވަޒީފާއަށް ނަގަން ޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވީ، ހިދުމަތް ދިނުމުގައި އިސްކަންދޭން ޖެހޭ ރަށްތައް ލިސްޓުކޮށްފައިވަނީ، ރަށުގެ އާބާދީއާއި، ކުއްތައް ރެކޯޑް ކުރެވޭ މިންވަރާއި، އެންމެ ކައިރީގައި ޕޮލިސް ސްޓޭޝަނެއް ހުންނަ މިންވަރުގެ އިތުރުން ހިދުމަތް ދިނުމުގައި ފަސޭ ދަތި ހުންނަ މިންވަރަށް ބެލުމަށްފަހު ކަމަށެވެ. އަދި އެ ތަރުތީބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ