ސިވިލް ސަރވަންޓުން ޕާކިސްތާނުގައި ތަމްރީނުވުމުގެ ފުރުސަތު ހޯދުމަށް މަޝްވަރާކޮށްފި

ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައި ވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރްއާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވައެވެ.

އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ ކުރިން ޕާކިސްތާނުގެ އެމްބަސީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އެމް.އޯ.ޔޫތައް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް ކޮމިޝަނުގެ މެންބަރުންވަނީ ވަނީ މަރުޙަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ