ސަރުކާރު މުވައްޒަފުން އިހުތިޖާޖުކުރުމަށް ކަޅު ހެދުމުގައި-- ފޮޓޯ: ވަގުތު / އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)

ކޮވިޑް ޖެހޭ ސިވިލް ސާވަންޓުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަދައިފި

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާއި، އަދި ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓުވެފައިވާ ސިވިލް ސާވިސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތަށް ހަމަޖައްސައިފި އެވެ.

ޕޮޒިޓިވްވާ މީހުން ކަރަންޓީނުވާ ޖެހޭނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭގޮތަށް އުސޫލު ކަނޑައަޅާ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އެކަން އިއުލާންކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވާގޮތުން، ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ، ކޮވިޑް-19 އަށް ފައްސިވާމީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. އަދި މި 10 ދުވަސް
ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަނުވާ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ.

މި ބަދަލާއި ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުންނާއި ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވާ މުވައްޒަފުން ކަރަންޓީނުވާން ޖެހޭ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު އިދާރާތަކުން ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ