މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދަނީ

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ހޯމް މިނިސްޓްރީން ފަށައިފިއެވެ.

މި މަސައްކަތް ފަށައިފައިވަނީ، މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީކަމަށް ސަރުކާރުން ވިދާޅުއެވެ.

ސަރުކާރުން ވިދާޅުވީ، ހޯމް މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީކަމަށެވެ.

 

ހޯމް މިނިސްޓްރީން އިސްވެ މިމަސައްކަތް ފެށީ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

އެގޮތުން މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ ގުޅުންހުރި ދާއިރާތަކާއެކު މިއަދު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ