ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން، ފެމިލީ ލީގަލް ކްލިނިކަށް 50،000 ރުފިޔާގެ ހަދިޔާކޮށްފިއެވެ.
މިއީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކަށް ދެއްވި އެހީތެރިކަމެކެވެ.
ފެމިލީ ލީގަލް ކްލިނިކަކީ، އާއިލާއާ ބެހޭ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުމާ ބެހޭ ގާނޫނުގެ ދަށުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ގާނޫނީ ލަފާ އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުމަށްޓަކައި 2014 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
We made a special donation of MVR 50,000 to Family Legal Clinic @FLCmv in support of their Legal Aid Service which aims to provide legal assistance to vulnerable individuals in need.
Fund, Respond, Prevent, Collect! ????#OrangeTheWorld #GenerationEquality pic.twitter.com/6LDxo8CIUs
— Bank of Maldives (@bankofmaldives) November 25, 2020
ބީއެމްއެލް އިން ވިދާޅުވީ، މިއީ ފެމިލީ ލީގަލް ކްލިނިކް އިން ދެއްވާ ޙިދުމަތް ފާހަގަކޮށް އެކަމަށް އެހީތެރިވުމުގެ ގޮތުން ދެއްވި ޑޮނޭޝަންއެއްކަމަށެވެ.
މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަބަދުވެސް އަންނަނީ ނަމޫނާ ދައްކަމުންނެވެ.




