ޖޯ އާއި ސޯފީ ދެވަނަ ދަރިއަކު ހޯދަން ވިސްނަނީ!

މަޝްހޫރު ޖޯނަސް ބްރަދާސް ބޭންޑްގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި، "ގޭމް އޮފް ތްރޯންސް"ގެ އެކްޓްރެސް ސޯފީ ޓާނާ ދެވަނަ ދަރިއަކު ހޯދުމަށް ވިސްނަމުންދާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.

ޖޯ އާއި ސޯފީގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ވިހާފައިވަނީ މިދިޔަ މަހުގެ ޖުލައިގައެވެ. އެގޮތުން އަންހެން ދަރިއަކު ލިބުނުއިރު، އެ ކުއްޖާއަށް ކިޔާފައިވާ ނަމަކީ ވްލާއެވެ.

އަލަތު ދަރިފުޅަށް މިހާރު ހަތަރު މަސްވެފައިވާއިރު، މި ދެމަފިރިން އިތުރު ކުއްޖަކު ހޯދުމަށް ވިސްނަމުންދާކަމަށް މިދެމީހުންނާއި ވަރަށް ގާތްފަރާތްތަކުން މީޑިއާތަކަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން މި ދެމަފިރިން އިތުރު ކުއްޖަކު ހޯދުމަށް މިހާރު ރާވާފައިވާ ކަމަށާއި، އަލަތު ދަރިފުޅު ލިބުމުގެ ސަބަބުން ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަވެ، އާއިލާ އިތުރަށް ބޮޑު ކޮށްލުމަށް ވިސްނަމުންދާކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

ޖޯ އާއި ސޯފީ މި ލޮކްޑައުންގައި ވަގުތު ހޭދަކުރަމުން އަންނަނީ އެމީހުންގެ އަލަތު ދަރިފުޅާއެކީގައެވެ. އަލަތު ދަރިފުޅު ލިބުނުކަން އިއުލާންކުރިނަމަވެސް، ދަރިފުޅުގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ފޮޓޯއެއް ފޭނުންނާއި ހިއްސާކޮށްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ