ފުރަތަމަ ފަހަރަށް ސޯފީ ޓާނާ އޭނަގެ މާބަނޑު ފޮޓޯއެއް ދައްކާލައިފި!

މިދިޔަ އަހަރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި ކައިވެނި ކުރި ، ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާ ހުރީ ފުރަތަމަ ދަރިފުޅަށް ބަލިވެކަމަށް ޙަބަރުތައް ފެތުރުނީ މި އަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ. ސޯފީ ބަނޑު ބޮޑުކަމަށް، އޭނައާާއި ގާތްފަރާތްތަކުން މީޑިއާތަކަށް ޔަގީންކޮށްދީފައިވީނަމަވެސް، މިއިން އެއްވެސް ވާހަކައެއް މިހާތަނަށް މި ދެބައިވެރިން ޔަޤީންކޮށްދީފައެއް ނުވެއެވެ.

އެހެންނަމެސް، ދާދިފަހަކުން މި ދެބައިވެރިން އެކީ ލޮސް އެންޖެލަސް ގެ މަގެއްގައި ކަސްރަތައް ހިނގާފައި ދަނިކޮށް ނަގާފައިވައި ފޮޓޯއަކާއެކު، ސޯފީ ބަނޑުބޮޑުކަން މި ވަނީ ކަށަވަރުވެފައެވެ. މި ފޮޓޯއިން ސޯފީ ބަނޑު ބޮޑުކޮށް ފެންނައިރު، މިއީ އޭނާ މާބަނޑު ވުމަށްފަހު، މަގުމައްޗަށް ނުކުތް ފުރަތަމަ ފަހަރެވެ.

ސޯފީ ބަނޑުބޮޑުވި ޙަބަރު އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓުުކުރިނަމަވެސް، މި އާއި ގުޅޭގޮތުން މި ދެބައިވެރިން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. އަދި މި ޙަބަރު ފެތުރުނު ފަހުން، ދެ ބައިވެރިން ސޯޝަލް މީޑިއާގައި ފެންނަލެއްވެސް މަދުވެގެން ދިޔަކަން ފާހަގަކުރެވިފައިނުވެއެވެ.

ސޯފީ އާއި ޖޯ ގެ މި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، ފޭނުން ދަނީ މި ދެ ބައިވެރިންނަށް މަރުހަބާ ކިޔަމުންނެވެ. މި ދެބައިވެރިން ހިނގާލަން ނުކުމެ އުޅެނިކޮށް ފެންނަ މި ފޮޓޯގައި، ދެ މީހުންވެސް ހުރީ ފޭސް މާސްކް އަޅައިގެންނެވެ.

23 އަހަރުގެ ސޯފީީ، އާއި ޖޯ، 30، ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އަލަތު ކައިވެންޏަށްފަހު އެ ދެމަފިރިންގެ ހަނީމޫނަށް އައިސްފައިވަނީ ދިވެހިރާއްޖެއަށެވެ.

ގޭމް އޮފް ތްރޯންސް އިން ވިދާލި ސޯފީ އެންމެ ފަހުން ފެނިގެންދިޔައީ މާވެލްގެ އެކްސް.މެން ސީރީޒްގެ ފިލްމް “ޑާކް ފީނިކްސް” އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ