ކަރަންޓީނާއި އުސޫލާއި ހިލާފުވި ފަޅުވެރިންތަކެއް ހައްޔަރުކޮށްއެވެ.
ހައްޔަރުކޮށްފައިވަނީ ދ.ކުޑަހުވަދޫ، ދިރުން 2 ނަމަކަށް ކިޔާ ދޯންޏެއްގެ 15 ފަޅުވެރިންނެވެ.
ފުލުހުން ބުނީ ދ. ކުޑަހުވަދޫ ދިރުން 2 ނަމަކަށް ކިޔާ ދޯންޏެއްގެ ހުރިހާ ފަޅުވެރިން ކަރަންޓީންވާން އަންގާފައި ވަނިކޮށް ރަސްމީ އިދާރާތަކަށް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ދިޔަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި 15 ފަޅުވެރިން ޙައްޔަރުކޮށްފައިވާ ރޭގެ ވަގުތެއްގައެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެ މީހުން ބަންދަށް 14 ދުވަސް ޖަހާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އަދި މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އާންމު ސިއްހަތު ރައްކައުތެރިކުރުމަށް ހުރަސްއަޅައިފިނަމަ، އެކުރެވެނީ ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާއެކެވެ.




