ދ. ކުޑަހުވަދޫއިން ގިނައަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކުޑަހުވަދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އެރަށު އެއަރޕޯޓުގެ ހަ މުވައްޒަފަކު 17 މާރިޗު 2021 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށެވެ.
އެގޮތުން މިއަދު ވަނީ ކުޑަހުވަދޫއިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ކުޑަހުވަދޫ އިން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ ކުޑަހުވަދޫއިން ކުރިން ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓްވެފައިވާ މީީހުންގެ ތެރެއިން 10 މީހަކާއި، ޝައްކުރެވިގެން ޓެސްޓް ކުރެވުނު 2 މީހަކާއި، އަލާމްތް ހުރެގެން ޓެސްޓް ކުރި މީހެކެވެ.
ކުދަހުވަދޫ އިން މިހާތަނަށް 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ފެބްރުއަރީ 26ގެ ފަހުން ދ. ކުޑަހުވަދޫއިން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގަން ވަނީ އެދިފައެވެ.
ކުޑަހުވަދޫގައި ކޮމިއުޓީ ސްޕްރެޑެއަކަށް ގޮސްފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލް ކުދިންވެސް ހިމެނެއެވެ.




