ދ. ކުޑަހުވަދޫ އެއަރޕޯޓުގެ ހަ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ.
މިމީހުން ކޮވިޑަށް ޓެސްޓްކޮށްފައިވަނީ ބަލީގެ އަލާމަތްތައް ހުރުމުގެ ސަބަބުންނެވެ. އެގޮތުން ދ. ކުޑަހުވަދޫ އެއަރޕޯޓުގެ ހަ މުވައްޒަފެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާއިރު، އެހުރިހާ މުވައްޒަފުންވެސް ކޮވިޑަށް ޕޮޒިޓިވްކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
އަދި ޕޮޒިޓިވްވި މުވައްޒަފުން މިހާރުވަނީ އެކަހެރިކޮށްފައެވެ.
މިއީ ކުޑަހުވަދޫން ކޮވިޑްގެ ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ރާއްޖޭގައި ކޮވިޑްގެ ހާލަތު މިފަހަކަށް އައިސް ގޯސްވަމުން އަންނަކަން ފާހަގަކުރެވޭއިތު، އިއްޔެ އެކަނި ވެސް ރާއްޖޭން 150 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ވެރިރަށް މާލޭގެ އިތުރުން ރާއްޖެތެރޭގެ ފަސް ރަށަކުން މިވަގުތަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އޭގެތެރޭގައި ދ.ކުޑަހުވަދޫގެ އިތުރުން ދެން ހިމެނެނީ، އދ. ފެންދުށި، ހއ. ބާރަށް، އަދި ނ. ޅޮއްސާއި އއ. ތޮއްޑޫއެވެ.
ހިޔާލު
Lh lhohseh nun noonu lhohee mauloomaathu rangalheh hoadhaigen news Liyan by ehnu