ފޮޓޯ: ތިލަދުން

ފްލައިންގ ސްކޫލަށް މިނިސްޓަރު ނަހުލާގެ އިންޒާރެއް!

ޕައިލެޓުން ތަމްރީނުކުރާ އައްޑޫގެ ފްލައިން ސްކޫލުން އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ވަކިކުރަން ނޯޓިސް ދިން މައްސަލާގައި އިޙްމާލުވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅު ވެއްޖެއެވެ.

ޓްވިޓާރ މެޗުވެރިކޮށް ނަޙުލާ ވިދާޅުވީ، އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރިކުރާކަމަށާއި، އަދި ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށެވެ.

އައްޑޫ ފްލައިން ސްކޫލްގެ 15 ދަރިވަރަކު ވަކިކުރަންވަނީ ނޯޓިސް ފޮނުވާފައެވެ. އޭގެތެރޭގައި ކުރިން ވަކިކުރި ފަސް ދަރިވަރަކުވެސް ހިމެނެއެވެ. އަދި މިކުދިންނަށް ނޯޓިސް ދީފައިވަނީ ދީފައިވާ މުއްދަތުގައި ފުރިހަމަ ނުކުރެވޭނެ ޝަރުތުތަކެއް ކުރިމަތި ކުރުމަށް ފަހުކަމަށްވެސް އެކުދިންނާއި ޙަވާލާދީ މީޑިއާތަކުގައި ވެއެވެ.

އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އެގޮތުން އެސްކޫލުން ވަކިކުރި ކުދިންތކަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ފުރުސަތު ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިމައްސަލަ ބޮޑަށް ހޫނުވެފައިވަނީ އައްޑޫ ފްލައިންގ ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް އެސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ސޮއިކޮށް ފޮނުވި ޕެޓިޝަނަށްފަހުގައެވެ. އެގޮތުން ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިންވަނީ ކޮށްފައެވެ.

https://feshun.wonstasite.com/96840

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ