އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބި އެތާގައި ކިޔަވާ ދަރިވަރުންގެ ހައްގުތަކަށް އަރައިގަންނަމުންދާތާ މިވަނީ އެތައްދުވަހެއް ވެފައެވެ. ސްކޫލުގެ ކިޔެވުން އެއްކޮށް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
މިދިޔަ އަހަރުން ފެށިގެން އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި ސަރުކާރުން އެކި ނިންމުންތައް ނިންމި ކަމުގައިވިޔަސް، އެކަމުން އެންމެ އެދެވޭ ހައްލެއް ނުލިބުމުން ދަރިވަރުން އަދިވެސް ތިބީ މަޔާސްކަންމަތީއެވެ. މި މައްސަލައަށް ހައްލެއް ލިބޭނެކަމުގެ ފެހި ސިގްނަލެއް ފާއިތުވެދިޔަ ދުވަސްތަކުގައި އެއްވެސް ދިމާލަކުން ނުލިބުމުން އެންމެފަހުން ދަރިވަރުން މިވަނީ ފްލައިން ސްކޫލް، އޭއޭއޭ ބޭރުކޮށް މިކަމަށް އެހެން ހައްލެއް ހޯދައިދިނުމަށް ގޮވާލައިފައެވެ.
"ޖަސްޓިސް ފޯ އޭއޭއޭ ސްޓޫޑެންޓް" ނަމުގައި ހޭޝްޓެގް ބޭނުންކޮށް އޭއޭއޭ ގައި ކިޔަވަމުންދާ ދަރިވަރުންނަށް އިންސާފް ހޯދައިދިނުމަށް އެދި ގިނަ އަދަދެއްގެ ކުދިން އަންނަނީ މީސްމީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭއޭއޭ ބޭރުކޮށް، މި ނޫން ހައްލެއް ބޭނުންވާކަމަށްވެސް ދަރިވަރުން އަންނަނީ ބުނަމުންނެވެ.
ކަންބޮޑުވުން ފާޅުކޮށް އޭއޭއޭގެ ސްޓޫޑެންޓް ޔޫނިއަންއިން ބުނެފައިވަނީ، ސްކޫލްގެ ކަން ކަން ރަނގަޅު ކުރަން ދަރިވަރުން ވަރަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ކަން ކަން ޙައްލު ނުކުރެވެނީ ރަނގަޅު ކުރުމުގެ އިޙްލާސްތެރިކަމެއް ސްކޫލް މެނޭޖްމެންޓްގައި ނެތީމައި ކަމަށް ޔުނިއަންއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އަޅުގަނޑުމެން ދަރިވަރުން ވަރަށް މަސައްކަތް ކުރިން ސްކޫލްގެ ކަން ކަން ރަނގަޅު ކުރަން، ނަމަވެސް ކަން ކަން ޙައްލު ނުކުރެވެނީ ރަނގަޅު ކުރުމުގެ އިޙްލާސްތެރިކަމެއް ސްކޫލް މެނޭޖްމެންޓްގައި ނެތީމައެވެ.
އެދެނީ މި ނޫން ހައްލަކަށް! #justiceforAAAStudents#AAAnoongotheh@mabrouq @Roxeyna pic.twitter.com/KSXFbjr6LU
— AAA Students UNION (@aaa_union) May 21, 2021
ދަރިވަރުން މީސްމީޑިއާގައި ކަންބޮޑުވުންފާޅުކޮށް ހިއްސާކޮށްފައިވާ ވާހަކަތަކުން، ފޮނި އުއްމީދުތަކާއެކު ފްލައިން ސްކޫލުގައި ކިޔަވަން ފެށިނަމަވެސް، ހުވަފެންތަކުގައި ކުލަނުޖެހި ގިނަ ދުވަސްތަކެއް ވުމުން އެކުދިން ތިބީ ވަރަށް މަޔޫސްވެފައިކަން އެނގިގެންދެއެވެ.
"ރޭގަ މަންމަ އާއި ބައްޕަ ބުނި އެދެމީހުން ހައްޖަށް ނުދެވިފަ މިހުރީ ދަރިފުޅު ކިޔަވާ ނުނިމޭތީ ދަރިފުޅަށް ދާނެ ހަރަދު ނޭންގޭތީއޭ! އަޅުގަނޑު ކަރު ތެރޭގައި ނޭވާ ތާށިވި ކަހަލަ" ވަރަށް އަސަރާއެކު ދަރިވަރަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
Seeing the student body in union gives me hope. And a huge shout out to students of @aaa_union for their constant efforts for everyones welfare, despite their own struggles. And the people spreading our word on social media.Fahfashun shukuru#JusticeForAAAStudents#AAAnoongotheh https://t.co/ljEGByl8Ls
— Gellunu Kathivalhi (@happysuffering) May 21, 2021
މީގެ އިތުރުންވެސް، ކުއްޖަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މީގެ 3 އަހަރު ކުރިން އޭނައާއި އޭނަގެ ރަހްމަތްތެރިންތަކެއް ކެބިން ކްރޫ ވަޒީފައި ދޫކޮށް ފްލައިން ސްކޫލާއި ގުޅުނީ، އެންމެ ގިނަވެގެންވެސް ދެ އަހަރު ދުވަހުގެ މުއްދަތުގައި ޕައިލެޓްކަން ކިޔަވާ ނިއްމޭނެކަމުގެ ފޮނި އުއްމީދުގައި ކަމަށެވެ. ނަމަވެސް ދެކުނު ހުވެފެންތަކާއި އުއްމީދުތައް ފުނޑުފުނޑުވެ އަދިވެސް މިހުރީ އޭއޭއޭގައި ތާށިވެފައިކަމަށް އެ ދަރިވަރު ލިޔެފައިވެއެވެ.
މީގެ އިތުރުންވެސް، އެތައް ދަރިވަރުންތަކެއް މިކަމުގެ ސަބަބުން އެމީހުން އުފުލަމުންދާ ތަކުލީފުތައް ވަރަށް އަސަރާއެކު މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.
Aslu dheravey mihen ulhen .. umurun 21 aharuga foni ummeedhaa eki flying school ah join kuree .. mihaaru umurun 26 aharu, muh thereyah laafa vihey mamma ah 100 rufiyaa dheyne haisiyyatheh ves nei gayaku.. #AAAnoongotheh #JusticeForAAAStudents #AAAout
— Anif (@Anif2595) May 20, 2021
އައްޑޫ ފްލައިން ސްކޫލުގެ މިހާރުގެ ހާލަތައް ބަލާއިރު، އެތާގައި ދުއްވާނެ އެއާކްރާފްޓެއް ނެތެވެ. މުސާރައިގެ މައްސަލައިގައި 14 އިންޖީނިއަރުންނާއި ޓެކްނީޝިއަންސް ވަޒީފާއިން ވަކިވެފައިވާއިރު، މިކަމަށްވެސް ހައްލެއް ހޯދައިދީފައެއްނުވެއެވެ. އަދި މިކަމުގެ ސަބަބުން ތަމްރީނުތައް އަލުން ފެށޭނެ ދުވަހެއްވެސް ދަރިވަރުންނަކަށް ނޭނގެއެވެ. މީގެ އިތުރުން، އިންސްޓްރަކްޓަރުންނަށް މުސާރަ އެއްކޮށް ނުދޭތާ އެތައް މަހެއް ވެފައިވާއިރު، އެމީހުންވެސް ވަކިވެ ހިނގައްޖެނަމަ އަނެއްކާވެސް ދަރިވަރުންނަށް ކުރިމަތިވާނީ އިތުރު އުނދަގޫތަކަކާއެވެ.
ދަރިވަރުން ނިކުމެ މީސްމީޑިއާގައި ފްލައިން ސްކޫލް ބޭރުކޮށް، އިތުރު އެހެން މަގެއް ދަރިވަރުންނަށް ފަހިކޮށްދިނުމަށް ގޮވާލާ އަޑުގަދަކޮށްފައި މިވަނީ، މިއިން އެއްވެސް މައްސަލައަކަށް ސްކޫލުން ހައްލެއް ނުހޯދައިދެވުމުގެ ސަބަބުންނެވެ.





2 Responses
ނާގާބިލް ވެރިޔަކު ޚިޔާރުކުރުމުގެނަތީޖާ ރައްޔިތުން ތަހައްމަލްކުރަމުން މިދަނީ
މިތަނުގަ އަޅެ ސަރުކާރެއް އެބައޮތްތަ؟ހަމަ ބަލަބަލާފައި އެމީހުނަށްވީ ގެއްލުމުގެ ބަދަލޭ ކިޔާފަ ފ.ސުކޫލަށް މިލިޔަނުން ފައިސާ ދެނީ. ބައި އަޅަނީ؟ތިމީހުންނާ ގުޅިފަތިބި މީހުންނަކީ ކޮބާ؟ރައީސް ޞާލިޙު ޒިންމާ އުފުލަންޖެހޭނެ.