މޯލްޑިވްސް ޕޯޓް ލިމިޓެޑްގެ ޗެއާމަން މުޙައްމަދު ޒަކީ އެމަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
އެކުންފުނީގެ ބޯޑުން ޒަކީ އިސްތިޢުފާ ދެއްވިކަން މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އެކަން އޭނާ ބައެއް މީޑިއާ ތަކާއި ވެސް ވަނީ ޙިއްސާ ކުރައްވާފައެވެ.
ޒަކީ މަޤާމުން އިސްތިޢުފާ ދެއްވާފައި ވާއިރު އެމްޕީއެލްގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑު އަމަލެއް އޭނާ ވަނީ ފަޅާ އަރުވާލައިފައެވެ. އެގޮތުން ޒަކީ މީސްމީޑީއާގައި ހާމަކުރައްވާފައިވާ ގޮތުގައި މާލެ ފުރަބަންދުކޮށްފައި ވަނިކޮށް އެކުންފުނީގެ އެތެރޭގައި ވަނީ 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައެވެ.
މީގެ އިތުރުން އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާކަމަށް ބުނެ، ޒަކީ ވަނީ އެކަމަށް ވަރަށް ބޮޑަށް މަޢާފަށްވެސް އެދިފައެވެ.
މިކަމާއި ގުޅިގެން އެމްޕީއެލް އިން ވިދާޅުވެފައި ވަނީ އެކުންފުނިން ހިންގަމުންދާ ތަހުޤީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާކަމަށެވެ.
އެމްޕީއެލް އިން ވިދާޅުވީ މި މައްސަލައާ ގުޅިގެން މީހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މައްސަލަ އިތުރަށް ތަހުޤީޤްކުރުމަށް، ފުލުހުންނާއި އޮޑިޓަރ ޖެނެރަލްސް އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާކަމަށެވެ.




