ހުޅުމާލެއަށް ކަރަންޓް ދިނުމުގައި މިއަދު ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން މުޅި ހުޅުމާލެއަށް ކަރަންޓް ދީފިއެވެ.
ސްޓޭލްކޯ އިން ދެންމެ ވިދާޅުވެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މިއަދު ހަވީރު 5:40 ގައި މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިވާކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އެކުންފުންޏަށް އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު ދަންނަވާފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑިފައިވާއިރު، މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ސްޓެލްކޯއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑު މުގެ މައްސަލަ އަކީ ވަރަށް ގިނަ އިން ދިމާވާ މައްސަލައެކެވެ. ކަންޓް ކެނޑުމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެއުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ގިނަ ރައްރަށެއްގައިވެސް ކަރަންޓް ކެނޑުމުގެ މައްސަލައަކީ ބޮޑު ވެފައިވާ މައްސަލައެކެވެ.