ކުރިނބީގައި ގާއިމުކުރި ފިޓްނެސް ޕާރކް- ފޮޓޯ: ކީމް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކުރިނބީގައި ތަރައްޤީކުރި ފިޓްނަސް ޕާކް ހުޅުވައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން ހދ. ކުރިނބީގައި ތަރައްގީކުރި "ފިޓްނެސް ޕާރކް" ރަސްމީކޮށް ހުޅުވައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން، ކުރިނބީ ޔޫތް މޫވްމެންޓް (ކީމް) އިން ގާއިމުކުރި އައުޓްޑޯރ ފިޓްނަސް ޕާރކް ހުޅުވާފައިވަނީ މިއަދު ހަވީރުއެވެ.

ކުރިނބީ ޔޫތް މޫވްމެންޓް އިން ވިދާޅުވީ އައުޓް ޑޯރ ޖިމް ގާއިމުކުރުމަށްޓަކައި ކުރިނބީގެ ހުރިހާ މުއައްސަސާތަކެއްގެ ފަރާތުން މާލީ އެހީތެރިކަން ލިބިފައިވާކަމަށެވެ. އެގޮތުން ކުރިނބީ ސްކޫލް، ފެނަކަ، ހެލްތް ސެންޓާރ، ފާރމަސީ، ކައުންސިލް އަދި ކޯޓުންވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ފިޓްނެސް ޕާރކް" ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވީ ރަށެއްގެ ތަރައްގީއަށް ޖަމިއްޔާ ޖަމާއަތްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިނބީގައި ގާއިމުކުރި ފިޓްނެސް ޕާރކް

މި ޖަލްސާގައި ވާހަދައްކަމުން ކީމް ޖަމިއްޔާގެ ރައީސް އާދަމް ޝަޒީމް ވިދާޅުވީ ބީއެމްއެލް އިން މުޅިރާއްޖެއަށް ހުޅުވާލެވިފައިވާ ފުރުސަތެއްގައި ޕްރޮޕޯސަލް ހުށައަޅައިގެން ކާމިޔާބުވުމަކީ ފަހުރުވެރިވާ ކަމެއްކަމަށެވެ. އަދި "ފިޓްނެސް ޕާރކް" އިތުރަށް ފުރިހަމަކުރުމަށްޓަކައި ރަށުގެ މުއައްސަސާތަކުންނާއި އިސްވެރިންގެ އިތުރުން ދާއިރާގެ މެންބަރ ހުސައިން ޒިޔާދު (ފިއްޓެ) ގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝަޒީމް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކުރިނބީގައި ގާއިމުކުރި ފިޓްނެސް ޕާރކް ހުޅުވުމުގެ ތެރެއިން

ބީއެމްއެލް އިން އެ ބޭންކް ގެ ކޮމިއުނިޓީ ފަނޑު މެދުވެރިކޮށް އެކިކަހަލަ މަޝްރޫޢުތަކަށް ކުރިޔަށް ގެންދިއުމަށް ގިނަ ރައްރަށަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ލިބޭއިރު، އެ ބޭންކް އިން ތަޢާރަފް ކުރި ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް’ އަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމަޢުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް” ގެ ނަމުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ