ތޫފާން ބުރެވި އާ ގުޅިގެން ރާއްޖެއަށް ހުދު ސަމާލު ނެރެފި

އަވަށްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދުނު "ބުރެވި" ތޫފާން އާއި ގުޅިގެން ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ މައި އިދާރާ (މެޓް) އިން ނެރުނު ހުދު ސަމާލުގައި ވަނީ ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުގައި ކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ، ހުދު ސަމާލު ނެރުނީ އެ ސަމާލު ދަރަޖަ ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށެވެ.

މިކަންކަމާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މެޓް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލުތަކާއި އިންޒާރުގެ މެސެޖްތައް މެދުވެރިކޮށް ޢާއްމުކުރަމުން ގެންދާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ސްރީލަންކާ ހުރަސްކޮށް މިތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާ އާއި ދިމާލަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި ޑިސެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް މިތޫފާންގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ