ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 35،000 އަށްވުރެ ގިނަ މީހުން އިންޑިއާއިން ޕޮސިޓިވްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 35000 އަށްވުރެ ގިނަ މީހުން އިންޑިއާއިން ކޮވިޑް-19 އަށް ޕޮސިޓިވްވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާ އިން އިތުރު 35,551 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 95,34,965 އަށް ވަނީ އަރައިފިއެވެ.

އިއްޔެ 526 މީހަކު މަރުވުމާއި ގުޅިގެން މިހާތަނަށް އިންޑިއާ އިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 138,648 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 8،973،373 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އިންޑިއާގައި މި ބައްޔަށް ފަރުވާދެނީ 4,22,943 މީހަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ