ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ވޭނެއް ޖެހިގެންނެވެ.
މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންވެސް ޔަޤީންކޮށްފައިވާއިރު، މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އެކްސިޑެންޓްވި އިރު ދެއުޅަނދުވެސް ދުންވަން ހުރި ދެމީހުންގެ އަތުގައިވެސް ލައިންސަންސް އޮތްކަމަށާއި، ނަމަވެސް ދެމީހުންގެ ލައިސަންސްވެސް އޮތީ މުއްދަތު ހަމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓްގެ މަޢުލޫމާތު މިއަދު ހަވީރު 05:38 ހާއިރު ކަމަށެވެ. އަދި މިމައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.




