ގަމުގައި ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އަޅަނީ

ލ.ގަމުގައި ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ލ.ގަމުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން ރާއްޖޭގައި ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ތެރެއިން ކެންސަރު ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މައްސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުގެ މިއަދުގެ ވިސްނުމަކީ އެ ހޮސްޕިޓަލް ލ. ގަމުގައި އެޅުން ކަމަށެވެ.

އަދި މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުން އަޅާ ހޮސްޕިޓަލެއްކަމަށްވާއިރު، މިކަމާއި ގުޅޭ ލިޔެކިޔުންތައް މީގެ ދެދުވަސްކުރިން އިންޑިއާ ސަރުކާރާއި ޙިއްސާކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ލަސްތަކެއްނުވެ އެކަމާއިބެހޭ ނިންމުންތައް ނިންމި އަންނަ އަހަރުގެ ތެރޭގައި މިހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ކުރުމުގެ މުހިންމުކަމަށް ޢިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާއި ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބޭނެގޮތްތައް ހޯދައިދިނުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ