ރައީސްގެ ދެކަނބަލުން ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޯޓުން ފައިބައިވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަހުގެ 21 ވަނަ ދުވަހު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސް ސޯލިހް ތަޤުރީރުކުރައްވާ، ޓެރަރިޒަމް މަނާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސް ތަގުރީރު ކުރެއްވީ ދިވެހި ބަހުންނެވެ. އަދި ރައީސް ގެ މި ދަތުރުފުޅުގައި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާގެ ބައްދަލުވުންތައްވެސް ވަނީ ބާއްވަފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ