ސަރުކާރުގެ އަމާޒަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ގަން ފޮނަދޫ ތަރައްޤީ ކުރުން

ސަރުކާރުގެ އަމާޒަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ގަން ފޮނަދޫ ތަރައްޤީ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ހައްދުންމައްޗަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ލ.ގަމުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހައްދުންމަތީގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން ގަމު ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، އިމާރާތް ނިމި ހޮސްޕިޓަލުން ޓާޝަރީ ފެންވަރަށް ޚިދުމަތްދޭން ފެށުމާއެކު ހައްދުންމަތީގެ ސިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން އެޅުމަށް ވިސްނާ ކެންސަރ ހޮސްޕިޓަލްވެސް ގަމުގައި އެޅުމަށް ސަރުކާރުން ވިސްނަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ގަމު މުކުރިމަގުގެ ބަނދަރުގެ މަސައްކަތް، ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް، ގަމު މަގުތައް ހެދުމަށް ބޭނުންވާ ޑިޒައިންގެ ސާވޭގެ މަސައްކަތް، ގަމުގައި ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތާއި ލ. އަތޮޅުގެ ރަށްތަކުގެތެރެއިން ފެނާއި ނަރުދާ ނިޒާމު ޤާއިމު ނުކުރެވިފައި ހުރި ހުރިހާ ރަށެއްގައިވެސް އެޚިދުމަށް ފެށުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ކުރުމުގެ މުހިންމުކަމަށް ޢިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާއި ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބޭނެގޮތްތައް ހޯދައިދިނުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ