މިއަހަރުގެ ގްލޯބަލް ޓީޗަރ ޕްރައިޒް އިންޑިއާގެ ރައްޔިތަކަށް

މިއަހަރުގެ ގްލޯބަލް ޓީޗަރ ޕްރައިޒް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަންޖީތްސިންހް ޑިސާލީ ހޯދައިފިއެވެ.

ރަންޖީތްސިންހް މި އިނާމު ހާސިލު ކޮށްފައިވަނީ، އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރައްވައިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.

ރަންޖީތްސިންހް އަކީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރަސްތުރާގެ ޕަރިތަވަދީގައި ހުއްނަ ޒިއްލާ ޕަރިޝާދު ޕްރައިމަރީ ސްކޫލުގައި މަސައްކަތްކުރާ ޓީޗަރެކެވެ. ރަންޖީތްސިންހި މި އިނާމު ހާސިލު ކޮށްފައިވަނީ މި އިނާމަށް ވާދަކުރި 12،000 ޓީޗަރުންގެ ތެރެއިންނެވެ.

ގްލޯބަލް ޓީޗަރ ޕްރައިޒްގެ ގޮތުގައި ރަންޖީތުސިންހް އަށް އެއް މިލިއަން ޑޮލަރު ލިބޭއިރު މި ފައިސާގެ އިނާމުގެ ތެރެއިން ދެބައިކުޅަ އެއްބައި އޭނާއާއި ވާދަކުރި ޓޮޕް ޓެންގައި ހިމެނޭ ޓީޗަރުންނަށް ދިނުމަށްވަނީ ނިންމައިފައެވެ. ރަންޖީތުސިންހް ބުނީ ޓީޗަރުންނަކީ ދިނުމާއި ހިއްސާކުރުމުގެ މުހިންމުކަން ކިޔައިދޭ އެކަން އަމަލުން ދައްކާ ބަޔެއް ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ