ތޫފާން "ބުރެވި" ގެ ބާރު ދަށްވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް މޯލްޑިވިސް މީޓިއޮރޮޖިކަލް ސެންޓަރުން ބުނެފިއެވެ.
އަވަށްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދުނު "ބުރެވި" ތޫފާން ގެ ބާރުދަަށްވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާއިރު، މިހާރު އެ ކޮޅިގަނޑު އޮތީ، އިންޑިއާގެ ކަންޔާކުމާރީގެ އިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
"ބުރެވި" ތޫފާންގެ ބާރު ދަށްވެ، މިހާރުވަނީ ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެ، އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައި.
Cyclone “BUREVI” has weakened into a Deep Depression and lay about 200 km ENE of Kanniyakumari, India. https://t.co/SMAF8RbtTH
— Maldives Meteorology (@MetMaldives) December 3, 2020
އެގޮތުން އިއްޔެ ވަނީ، 'ބުރެވި' ކޮޅިގަނޑު ހއ. ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 760 ކިލޯ މީޓަރު ދުރުން ގަލްފް އޮފް މަނާރުގައި ހުރުމުން ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން އިއްޔެ ބުނީ ހުދު ސަމާލު ނެރުނީ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ އިއްޔެ މެންދުރުފަހު 2:00 އިން ފެށިގެން މިއަދު މެންދުރު ފަހު 2:00 އާއި ހަމައަށެވެ.




