ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން: މެޓް

ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަނީ އިތުރަށް ގަދަ ވަމުންކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިންވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ދަތުރު ކުރަމުންދަނީ ދެކުނު ހުޅަނގުދެކުނަށް، ރާއްޖެއާ ދުރަށްކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަޙައްދުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ދުވެލި މަޑުވެ، މަޑުމަޑުން ބާރު ދަށްވަމުންދާނެކަމުގައި މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ހއ. ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް 6 ގަޑިއިރުތެރޭގައި މަޑުމަޑުން ހުޅަނގު ހުޅަނގުދެކުނަންޖެހި، އިންޑިއާގެ ރާމަނަތަޕޫރަލާއި އޫތުކުޑި ހިމެނޭ ސަރަޙައްދު ހުރަސްކުރާނެކަމަށް ބެލެވޭކަމަށެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން
އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެން ވާކަމުގައިވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ