މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށްވަނީ 1,514,576 މީހުން މަރުވެފައެވެ. އަދި މި ރޯގާއަށް މުޅި ދުނިޔެއިންވަނީ 65,659,643 މީހުން ޕޮޒިޓިވުވެފައެވެ.
މި ބަލީގައި ގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން މި ކޮވިޑް-19 ގައި އެމެރިކާއިން މިހާތަނަށް 282,829 މީހުން ވަނީ މަރުވެފައެވެ. އެއަށްފަހު އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ، ބްރެޒިލްގައެވެ. ބްރެޒިލް އިން މި ބަލީގައި 175,307 މީހުން މަރުވެފައިވެއެވެ. އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން މަރުވީ 139,227 މީހުންނެވެ.
65 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 45,492,435 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 18,652,632 މީހުންނެވެ. އަދި މީގެތެރެއިން 106,394 މީހުންނަކީ ހާލު ސީރިއަސް މީހުންކަމަށް ރިޕޯޓްތައްބުނެއެވެ.



